ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Golden Futsal Challenge 2026 gai baiverivumuge furusathu hulhuvaalaifi

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް މިއަދު ހުޅުވާލިއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ހަތަރުވަނަ ދުވަހުއެވެ. މުބާރާތް ހުޅުވާލެވިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށެވެ. ރަށު ކައުންސިލުން ބައިވެރި ނުވާނަމަ، އެންމެ ފަހުން ޓީމު ބައިވެރިކުރި މެނޭޖްމަންޓަށް ފުރުސަތު ލިބޭނެއެވެ. އަދި އެފަރާތުންވެސް ބައިވެރިނުވާނަމަ، އައު މެނޭޖްމަންޓަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުބާރާތް އިއުލާނުކުރިއިރު، މިފަހަރު ވަނީ ގަވައިދަށް އިސްލާހެއް ގެނެސްފައެވެ. އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށް ފަހު ރަށް ބަދަލު ކޮށް ގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން ވަނީ ތިން އަހަރަށް ބަދަލުކޮށްފައެވެ. އަދި  ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ކުޅެން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކ.ކާށިދޫ އިންނެވެ. ކުރިޔަށް އޮތީ ގޯލްޑަން ފުޓްސަލްގެ 10 ވަނަ މުބާރާތެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments