ފޮނަދޫ ބަނދަރާއި ބަންކަރިން މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

Fonadhoo bandharaai bunkering mashroouge masahkaiy kuraane bayaku hoadhanee

ލ. ފޮނަދޫ ބަނދަރާއި ބަންކަރިން މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ބަދަލުގައި މަޝްވަރާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބީލަން ހުށަހެޅުމުގެ ބަދަލުގައި މަޝަވްރާކުރަން ސަރުކާރުން ނިންމީ މި މަޝްރޫއުއަށް ނަފާ ހޯދުމުގެ މަގްސަދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ދެނެގަތުމަށެވެ. އަދި ވިޔަފާރީގެ ގޮތުން ފައިދާހުރިތޯއާއި އާމްދަނީ ހޯދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށެވެ.

އިކޮނޮމިކް މިސްޓްރީއިން ބުނީ  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި)  އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ. އީއޯއައި މިނިސްޓްރީއަށް ހުށަހެޅުމުން ސަރުކާރުން މަޝްވަރާ ބައްދަލުވުންތައް ބާއްވާނެއެވެ. އީއޯއައި ހުށަހެޅުމުގެ  ސުންގަޑިއަކީ އަންނަ މަހުގެ 7 އެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، ސަރަހައްދީ ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ފައިދާ ލިބިގަތުމާއި މަލްޓި-ޕާޕަސް ބަނދަރެއްގެ އިތުރުން ބަންކަރިން އަދި ކަނޑުގެ ހިދުމަތްތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted