ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މާވަށަށް ވަޑައިގެންފި
raeesul jumhooriyya hahdhun mahchah kurahvaa dhathuru fulhugai Maavashah vadaigenfi
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މާވަށަށް ވަޑައިގެން އެރަށުގައި މުހިންމު ގިނަ ކަންތައްތަކެއް ފައްޓަވައިދެއްވަފިއެވެ.
އޭގެތެރޭގައި މާވަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި، މާވަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ ވަނީ އަޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން މާވަށުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތާއި ގިރާސަރަހައްދު ހިމާޔައްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ. އަދިހަމަ އެހެންމެ ކުނިމެނޭޖް ކުރާ ސެންޓަރ އިތުރަށް ތަރައްގީ ކުރުމާއ،ި ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެއްޓެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން މާވަށު ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި އެެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އަދި އެމްޓީސީގެ މޭނޭޖިން ޑިރެކްޓަރ ޑީސީޕީ. ރިޓަޔަރޑް އަހްމަދު ސައުދީއެވެ. އަދި މީގެ އިތުރުން މާވަށު ސްކޫލު ނުވަ ކްލާސްރޫމް، ލެބޯޓަރީ، ލައިބްރަރީ، ސްކޫލުގެ ވަށާ ފާރު އިމާރާތްކުރުމާއި އަދި މަރާމާތު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކުުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އަދި އެމްޓީސީސީގެ އެމްޑީއެވެ. އަދި މާވަށު އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް އެނޑް އޯޝަންސް ރިސޯސަސް، އަހްމަދު ޝިޔާމް އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޕްރޮޖެކްޓް ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމް އެވެ.
މިދަތުރު ފުޅުގައިި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑަައިގެން ރަށްރަށުގެ ތަރަށްގީގެ ގިނަ މަސައްކަތް ތަކެއް ފައްޓަވައި ދެއްވާނެ ކަމަށް މައުލޫމާތުލިބެއެވެ.




