ގަމުގައި ޕޭސްޓްރީ ކޯހެއް ބާއްވަނީ

Gamugai pastry coaheh baahvanee

ގަމު ކައުންސިލާއި ޑޯ އެންޑް ކޯއާ ގުޅިގެން ޕޭސްޓްރީ ކޯހެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ކޯސް ކުރިއަށް ދާނީ 8 ޑިސެމްބަރުން 12 ޑިސެމްބަރަށެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ6 ވަނަ ދުވަހުގެ ކުރިން 9384391އާ ގުޅާ ނަންނޯޓްކުރުމަށް ގަމު ކައުންސިލުން ވަނީ އެދިފައެވެ. މި ކޯހުގައި އެކި ވައްތަރުގެ ޕޭސްޓްރީ ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދެއެވެ. އޭގެތެރޭގައި ބާރގަރ ބަން، ޕިއްޒާ، ހޮޓް ޑޯގް ބަން ގެ އިތުރުންވެސް ތަފާތު ވައްތަރުތައް ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް 1600 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މި ކޯސް ފުރިހަމަކުރުމުން ޑޯ އެންޑް ކޯ އިން ސެޓްފިކެޓް ފޯރުކޮށްދޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted