ދަފްތަރުގައި ހިމެނޭ 89 މަސްވެރިންންނަށް ބީއެމްއެލް އިން ލޯނު ދޫކޮށްފި
Dhaftharugau himeney 89 masverinnah bml in loanu dhookohfi

މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ހިމެނޭ 89 މަސްވެރިއަކަށް ބީއެމްއެލަ އިނަ ލޯނު ދޫކޮށްފިއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ލޯނު ދޫކުރުމަށް، މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބީއެމްއެލްއާއެކު ފިޝަރީޒް މިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުން ދަނީ ”ބީއެމްއެލް މަސްވެރިޔާ ޕޯޓަލް“ މެދުވެރިކޮށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް، ދަފުތަރުގައު ހިމެނޭ މަސްވެރިންނަށް ލޯނު ދޫކުރަމުން ދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ލިބެއެވެ.
މި ލޯނުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގެއެވެ. މީގެ އިތުރުން، މަސްވެރިންގެ އާމްދަނީއަށް ބަލައި ކްރެޑިޓް ކާޑު ދޫކުރުމާއި، ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ބޮޑެތި ބޭނުންތަކަށް ބޭނުންވާ ކްރެޑިޓް ފެސިލިޓީތަކަށް ވެސް ފަސޭހައިން ހުށަހެޅޭނެއެވެ.




