މިފްކޯ އިން މިދިޔަ މަހު 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރި!
Mifco in midihiya mahu 29 million ah vure gina ruffiyya masverinnah dhoo kuri

މިދިޔަ މާރިޗު މަހުގައި29 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި، މަސްކިރުވި މިންވަރު އިތުރު ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗް މަހުގެ ނިޔަލަށް ކިރުވި މަހަށް، 591 މަސް ދޯންޏަކަށް ވަނީ 29،384،200.00ރ. (އޮނަތިރީސް މިލިއަން ތިން ލައްކަ އަށްޑިހަ ހަތަރު ހާސް ދުއިސައްތަ ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.
މިފްކޯ އިން ބުނީ، މާރިޗު މަހުގައި މަސް ކިރާފައިވާ މިންވަރު ދަށްވެފައިވަނީ، ރޯދަ މަހާއި ގުޅިގެން މަހަށް ނިކުތް ދޯނިތަކުގެ އަދަދު މަދުވުމުން ކަމަށެވެ. އެގޮތުން މިދުޔަ މަހު، ކިރުވި 1،625 ޓަނުގެ މަހަކީ، އޭގެކުރީ ފެބުރުއަރީ މަހު ކިރުވި މަހަށްވުރެ38 އިންސައްތަ އިތުރު އަދަދެކެވެ. ފެބްރުއަރީ މަހު ކިރާފައިވަނީ، 1،180.33 ޓަނުގެ މަހެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެންމެ ގިނައިން މަސްވެރިން ކިރާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން، މިދިޔަ މަހު ވަނީ 1،431 ޓަނުގެ ކަޅުބިލަމަސް ކިރާފައެވެ.




