ގަމު ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައި ނިމި، ފަހު މަރުޙަލާގެ މަސައްކަތްތައް ފަށައިފި

Gamu bandharu tharahqee kurumuge bodubai nimin, fahu maruhalaage masahkai fasahifi

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމި، މަޝްރޫޢުގެ ފަހު މަރުޙަލާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ނެރުގެ ބޭރުތޮށި ޕްރޮފައިލް ކުރުމާއި އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ.

މަޝްރޫޢުގެ މައިގަނޑު ބައިތައް

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މި މަޝްރޫޢަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ލ. އަތޮޅުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސަރަޙައްދީ ވިޔަފާރި އިތުރަށް ފުޅާކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރަށް ވަންނަ ބޮޑެތި ރާޅުތަކުން ސަލާމަތްވުމަށްޓަކައި 360 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ޙަރަކާތްތެރިވެވޭނެހެން ނެރާއި ފަޅު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

އަތޮޅަށް ލިބިގެންދާނެ ކުރިއެރުން

ލ. ގަމަކީ ފޮނަދޫ، ކައްދޫ އަދި މާންދޫއާ އެއްގަމު މަގުން ގުޅިފައިވާ ރަށަކަށް ވުމުން، ގަމުގެ ބަނދަރަކީ މުޅި އަތޮޅުގެ މުދާ އުފުލުމާއި ދަތުރުފަތުރުގެ މައި މަރުކަޒެވެ.

މި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަޙައްދުގެ މަސްވެރިކަމުގެ ސިނާޢަތަށާއި، މުދާ އުފުލުމުގެ އިތުރުން ޢާންމު ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކަކާއި ރައްކާތެރިކަން ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted